ޝަމްއާނުގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި

ޝަމްއާނުގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރައްވާފައިވާ ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

ޝަމްއާނުގެ އަނބިކަނބަލުންގެ ފޯނު ހިފެހެއްޓުމުގެ އިތުރުން ދެމީހަކު ރާއްޖެއިން ފުރުންވެސް ވަނީ މަނާ ކޮށްފައެވެ. ނަމަވެސް ފުރުން މަނާ ކޮށްފައިވަނީ ކޮން ދެމީހެއް ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ޝަމްއާނު މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތުވެސް ޖަހާފައެވެ. ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ބިދޭސީން ތަކެއްގެ އަތުން ފަސް ލައްކައަށްވުރެގިނަ ރުފިޔާ ނެގިކަމުގެ ތުހުމަތެވެ. ނަމަވެސް ޝަމްއާން ބަންދު ކުރުމާއި ހަމައަށްވެސް މިކަމުގައި އޭނާގެ ބަހެއް މީޑިޔާއަށް ލިބިފައިނުވެއެވެ.

ޝަމްއާންގެ މައްޗަށް އޮތް ތުހުމަތު އިމިގްރޭޝަނުގެ އެހެން އޮފިޝަލުން ތަކަކަށްވެސް ފުލުހުން ކޮށްފައިވެއެވެ. ފުލުހުން ބުނީ އެކަންކޮށްފައި ވަނީ ޝަމްއާނާއި ގުޅިގެން ކަމަށެވެ. ފުލުހުން މީގެކުރިން ވަނީ ޝަމްއާނު ދިރިއުޅުއްވާ ގެވެސް ބަލައި ފާސްކޮށްފައެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއި އިތުރު އެއްޗެހިވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *