ބައި މިލިއަން ރުފިޔާއަށް ހައްޔަރުކުރި ބިދޭސީއަކު ދޫކޮށް ފައިސާ ޝައްމާނުގެ ގެއަށް

ބައި މިލިއަން ރުފިޔާއަށް ހައްޔަރުކުރި ބިދޭސީއަކު ދޫކޮށް ފައިސާ ޝައްމާނުގެ ގެއަށް

އިމިގްރޭޝަނުން ހައްޔަރުކުރި ބިދޭސީއަކު ބައި މިލިއަން ރުފިޔާއަށް ދޫކޮށް ފައިސާ ޝައްމާނުގެ ގެއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 530,000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުން ޑިޓެންޝަނަށް ގެންދެވުމު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންބަނުން ދޫކޮށްލައިފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑިޓެއިން ކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މަގާމުގެ ބޭނުން ނަހަމަ ގޮތުގައިކޮށް ބިދޭސީންތަކެއް ދިރިއުޅޭ ގެ އެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފުލުހުން ބުނެފައި ވެއެެވެ. އަދި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ނަގުދު ފައިސާއާ އެކުގައި ކަމަށް ވެސް ބުންޏެވެ.

އަދި އެ ގެ ބަލައި ފާސްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މުވައްޒަފަކު ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާ މަގުމަތިން ހުއްޓުވައި, އޭނާގެ އަތުން ފައިސާތައް ހިފައިގެން އޭރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި މުހައްމަދު ޝައްމާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ކަށަވަރުކުރެވިފައިވާކަން ފުލުހުން ހާމަކުރިއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައި ފާސްކޮށް އެމީހުންގެ އިލެކްޓްރޮނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *