ހުޅުމާލޭ ލަކުޑި ޖެޓީ ކައިރިން 75 ދަޅު ބިޔަރާއި 14 ފުޅި ބަނގުރާ ހުރި ފޮށިގަނޑަކާއި ދަބަހެއް ފެނިއްޖެ

ހުޅުމާލޭ ލަކުޑި ޖެޓީ ކައިރިން 75 ދަޅު ބިޔަރާއި 14 ފުޅި ބަނގުރާ ހުރި ފޮށިގަނޑަކާއި ދަބަހެއް ފެނިއްޖެ

ހުޅުމާލޭ ފޭސް 1 ގެ ލަކުޑި ޖެޓީ (ފެރީ ޓާމިނަލް) ކައިރިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބިޔަރު ފުޅިތަކެއް ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި ލަކުޑި ޖެޓީ ކައިރީގައި މީހަކު ބަނގުރާ ކޭސްތަކެއް ހިފައިގެން އުޅޭކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެތަނަށް ދިޔައިރު އެތަނުން ބަނގުރަލާއި ބިޔަރު އަޅާފައިވާ ފޮށިގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެތަކެތި ހިފައިގެން އުޅުނު މީހާ ފުލުހުން ދިޔައިރު އެތަނުގައި ނެތް ކަމަށްވެއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ލަކުޑި ޖެޓީ ސަރަހައްދު ބަލައި ފާސްކުރިއިރު ފޮށިގަނޑަކާއި ދަބަހެއް ފެނިފައިވެއެވެ. އަދި އެ ދަބަހާއި ފޮށިގަނޑު ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ހުރިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *