ފަނޑިޔާރުންގެ ބެންޗު ބަދަލުކުރާ ބިލު ބޭރެއް ނުކުރޭ، ފޮނުވީ ދިރާސާ ކުރަން ކޮމިޓީއަށް

ފަނޑިޔާރުންގެ ބެންޗު ބަދަލުކުރާ ބިލު ބޭރެއް ނުކުރޭ، ފޮނުވީ ދިރާސާ ކުރަން ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރަން ގެނައި އިސްލާހުގެ ބިލު ތަސްދީގު ނުކުރައްވައި އަނބުރައި ރައީސް މަޖިލީހަށް ފޮނުވުމުން އެ ބިލު މަޖިލިސް ތަޅުމުން ބޭރުނުކޮށް އަނެއްކާވެސް ބިލު ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލް ތަސްދީގު ނުކުރައްވައި، ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވާލެއްވީ، ބިލު ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާތީއެވެ.

މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެމްބަރު އަޒާން އާއި އެމްޑީއޭގެ މެމްބަރު އައްބާސް ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ނުފޮނުވައި ބިލު މަޖިލީހުން ބޭރު ކޮށްލުމަށެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ވޯޓަށް އެހުމުން 50 މެންބަރުންގެ ވޯޓުން ފާސްކުރީ ކޮމިޓީއަށް ފޮނުވުމަށެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން މަޖިލީހުން ފާސްކުރީވެސް ކުއްލިއަކަށެވެ. އޭރުވެސް މަޖިލީހުގެ މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ އާއި ގާނޫނީ ވަރަށްގިނަ ވަކީލުން ވަނީ އެ ބިލ ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *