މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކައުންސިލުގައި މާފަންނު ހުޅަނގު އުތުރު ދާއިރާ ތަމްސީލު ކުރަމުންދާ މެންބަރު މުހައްމަދު އަރީޝް ހޮވައިފިއެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި އަޙްމަދު ނަރީޝް މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިއަދު ކައުންސިލުގައި އޮތް ވޯޓުގައި ޑެޕިއުޓީ މޭޔަރު ކަމަށް އަރީޝް ހޮވީ ކައުންސިލުގައި ހިމެނޭ 17 މެމްބަރުންގެ ތެރެއިން 16 މެމްބަރުންގެ ވޯޓާއެކުގައެވެ.