މަންދީ، ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ރައީސްގެ އާއިލާއިން ދައުވާ ކުރަން ނިންމައިފި

މަންދީ، ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ރައީސްގެ އާއިލާއިން ދައުވާ ކުރަން ނިންމައިފި

އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މަންދީ)، ރައީސް މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންނަކީ ވޭޕް ކުރާ ކުއްޖެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައިވާތީ މަންދީ އަށާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއާ ދެކޮޅަށް ދައުވާ ކުރަން ރައީސްގެ އާއިލާއިން ނިންމައިފިއެވެ.

ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ، މަންދީއަށް ދައުވާ ކުރަނީ ރައީސްގެ ދަރިކަލުން އުމައިރަށް ތުހުމަތުކޮށް ދެއްކި ވާހަކަ ތަކުގެ ސަބަބުން ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަނީ މަންދީގެ ވާހަކައަށް ހިތްވަރުދީ ޓްވީޓް ކުރުމުން ކަމަށެވެ. އަދި އެމްޑީޕީއަށް ދައުވާ ކުރަނީ މުޒާހަރާގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ ޕާޓީން ކަމަށްވާތީ ކަމަށެވެ. އާއިލާއިން ކުރަން ނިންމާފައި ވަނީ މަދަނީ ދައުވާއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވަކީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހަންމަދުގެ ބަޔާނެއްވެސް އިއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސްއާ ހުރި ހިޔާލުތަފާތު ވުންތަކަކާއި ގުޅިގެން ރައީސްގެ ދަރިކަލަކާއި ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.

ކޮންމެ ކުއްޖަކީ ގާނޫނޫން ރައްކާތެރިކަން ލިބިފައިވާ ކުއްޖެއް ކަމަށާއި، މުޒާހަރާގައި ދެއްކި ވާހަކަ ތަކުގެ ސަބަބުން ކުދިންގެ ކަރާމަތާއި އަބުރަށް ގެއްލުންވާ ކަންކަން ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަންމައެއްގެ ހައިސިއްޔަތުން ދައުވާ ކުރުމަށް މަޖުބޫރުވީ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ރައީސްގެ އެންމެ ތުއްޕުޅު ދަރިކަލުންގެ ފޮޓޯ އާއި ދަރިކަލުންގެ އިތުރު ފޮޓޯތައް އާންމުކޮށް އިދިކޮޅުން މަސައްކަތް ކުރަނީ ހޭޓް ސްޕީޗު ފެތުރުމަށް ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *