އުމައިރު ވޭޕެއް ނުކުރޭ: ސާޖިދާ

އުމައިރު ވޭޕެއް ނުކުރޭ: ސާޖިދާ

ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުޙަންމަދު މުއިއްޒަކީ ދުވަހަކުވެސް ވޭޕް ކުރި ކުއްޖެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އުމެއިރުގެ މަންމާފުޅު ސާޖިދާ މުޙަންމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، ދަރިކަލުން އުމެއިރަކީ ވޭޕް ކުރާ ކުއްޖެއް ކަމަށާއި ސަރުކާރުން ވޭޕް މަނާކުރީ އެހެންވެ ކަމަށް އެމްޑީީގެ މުޒާހަރާގައި މަރިޔަމް ޒުބައިރު (މަންދީ) ތުހުމަތުކޮށް ވާހަކަ ދައްކާފައިވާތީ، އެކަމާއި ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސާޖިދާގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ.

ސާޖިދާ ވިދާޅުވީ އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމަށެވެ.

"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ސާޖިދާ ވިދާޅުވެފައިވެއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ އެ ވާހަކަ ތަކުގެ ސަބަބުން އުމައިރުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރު ނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭ ފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައި ކަމަށެވެ.

މި މައްސަލައިގައި ރައީސްގެ އާއިލާގެ ފަރާތުން ނިންމާފައި ވަނީ މަންދީ އާއި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލާ ދެކޮޅަށް ދައުވާ ކުރާށެވެ. ސާޖިދާ ވިދާޅުވެފައި ވަނީ އެކަމުގައި ތެދުވެވަޑައިގަތީ މަންމައެއްގެ ޙައިސިއްޔަތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *