މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން ހޯދަމުން އަންނަ އަންހެން މީހާއަކީ ފޮޓޯގައި އެވާ، ޙައްވާ ޙަސަން، ހ. ބްލޫލޫން ކަމަށެވެ.
ފުލުހުން ބުނީ ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ފުލުހުން ހައްވާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައި ވަނީ މިއަދުއެވެ.
ފުލުހުން މިއަދު ބުނީ މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުން ހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.
"ވީމާ، ޙައްވާ ޙަސަން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމަވެ." ފުލުހުން މިއަދު ނެރުނު ލިޔުމެއްގައި ބުނެފައިވެއެވެ.