ކަނޑާލަން ނިންމި "ގަބުރުސްތާނު އެލަވަންސް" މާލެ ސިޓީ ކައުންސިލުން ދޭން ނިންމައިފި

ކަނޑާލަން ނިންމި "ގަބުރުސްތާނު އެލަވަންސް" މާލެ ސިޓީ ކައުންސިލުން ދޭން ނިންމައިފި

މީގެކުރިން ޖަމާއަތްތެރިންނަށް ސިވިލްސާވިސް ކޮމިޝަނުން ދެމުން އައި "ގަބުރުސްތާނު އެލަވަންސް" އެ ކޮމިޝަނުން ކަނޑާލަން ނިންމާފައި ވަނިކޮށް، އެ އެލަވަންސް ކައުންސިލުގެ ބަޖެޓުން ދޭން ނިންމައިފިއެވެ.

ގަބުރުސްތާނު އެލަވަންސްގެ ގޮތުގައި މީގެކުރިން ދެމުން އައީ 1500 ރުފިޔާއެވެ. އެއީ މުސާރައިގެ އިތުރުން ޖަމާއަތްތެރިންނަށް ދެމުން އަންނަ ޚާއްސަ އެލަވަންސެކެވެ. ސީއެންސީން ވަނީ މި އެލަވަންސް ނުދޭން ނިންމާފައިވާކަން ކައުންސިލް ތަކަށް އަންގާފައެވެ. އަދި ބުނެފައި ވަނީ މާލިއްޔަތު ގަވައިދާ ފުށުނާރާ ގޮތަށް އެކަން ކައުންސިލުގައި އެވަރުގެ ފުދުންތެރިކަން ހުރި ނަމަ ކައުންސިލުން ދިނުމަށެވެ.

ސީއެންސީގެ މި ނިންމުމާއެކު މާލެ ސިޓީ ކައުންސިލުން ވަނީ ސިޓީ ކައުންސިލުގެ ބަޖެޓުން އެ އެލަވަންސް ދޫކުރަން ނިންމާފައެވެ. މޭޔަރު އާދަމް އާޒިމް ކައުންސިލަށް އެކަން ހުށަހަޅުއްވައި ވިދާޅުވީ، ޖަމާއަތްތެރިންނަކީ މާތް މަސައްކަތެއް ކުރަމުން އަންނަ ބަޔެއް ކަމަށާއި އަދި އެއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންވެ އެއްވެސް ސަބަބެއް ނާންގައި ކުއްލިއަކަށް ގަބުރުސްތާނު އެލަވަންސް ކަނޑާލަން ނިންމުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުދެކޭ ކަމަށެވެ. އާޒިމްގެ މި ހުށަހެޅުން ކައުންސިލުގެ ހުރިހާ މެމްބަރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *