އަލުން ވިސްނުމަށް އެދި ފަނޑިޔާރުން މަދުކުރާ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފި

އަލުން ވިސްނުމަށް އެދި ފަނޑިޔާރުން މަދުކުރާ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މަދުކޮށް، އެ ކޯޓުގެ ބެންޗުގެ އަދަދު ފަހަކަށް ބަދަލު ކުރުމަށްޓަކައި ކޯޓުތަކާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވީ އަލުން އެބިލާމެދު ވިސްނެވުމަށް ރައީސް އެދިވަޑައިގެންފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވައިފިއެވެ." ރައީސް އޮފީހުން މިރޭ ބުންޏެވެ.

މި ބިލު މަޖިލީހުން ފާސްކުރި ފަހުން ސުޕްރީމް ކޯޓުން އެއް ފަނޑިޔާރަކު ވަނީ އިސްތިއުފާވެސް ދެއްވާފައެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އަދި އިތުރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށް މައްސަލަ ބަލަން ފަށާފައެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *