ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅާ މީހުންނަށް އެމްޑީޕީން އެހީތެރިވަނީ

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅާ މީހުންނަށް އެމްޑީޕީން އެހީތެރިވަނީ

ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އޭރު ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރެފައި ވަނިކޮށް، މިހާރުގެ ސަރުކާރުން އެ ލިސްޓު އަލުން ބަލައި، މިދިޔަ ހަފްތާގައި ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ ފްލެޓު ލިސްޓަށް މި ސަރުކާރުން ބަދަލު ގެނެސް އެތައް ހައްގުވެރިންނެއް އުނިކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑީޕީން ހާއްސަ ޕޯޓަލްއަކާއި ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ https://flat.mdp.org.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އަދި، 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ އެމްޑީޕީ މެދުވެރިކޮށް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާޗު މަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުގެ އިތުރުން މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 9:15 އިން ފެށިގެން 11:30 އަށް ޗާންދަނީ މަގުގައި ހުންނަ "އެމްޑީޕީ ދަނޑިކޮށީ ހަރުގެ" ގޮސްވެސް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *