އަހަރެމެން މިބަލަނީ އީރާނާއެކު ޑީލަކަށް ދެވޭތޯ، އެއީ މޮޅު ބަޔެއް: ޓްރަމްޕް

އަހަރެމެން މިބަލަނީ އީރާނާއެކު ޑީލަކަށް ދެވޭތޯ، އެއީ މޮޅު ބަޔެއް: ޓްރަމްޕް

އެމެރިކާއިން މިހާރު ބަލަމުން ދަނީ ނިއުކްލިއަރ ހަތިޔާރުގެ އެއްބަސްވުމެއްގެ "ޑީލެއް" އީރާނާއެކު ހެދޭތޯ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ފޮކްސް ބިޒްނަސް" އަށް ޓަރަމްޕް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނަކީ މޮޅު ބަޔެއް ކަމަށެވެ. އަދި އީރާނަށް އަނިޔާއެއް ދިނުމުގެ ވިސްނުން އެމެރިކާއިން ނުގެންގުޅޭ ކަމަށެވެ.

"އަހަރެން އިސްކަންދޭނީ ޑީލެއް ހަދަން، ސަބަބަކީ އަހަރެން ބަލަނީ އީރާނަށް އަނިޔާއެއް ދޭކަށް ނޫން. އެއީ މޮޅު ބައެއް." ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ހަދަން ބޭނުން ކަމަށެވެ. އަދި އެމެރިކާއިން ވަނީ އީރާނަށް އެކަމާބެހޭ ގޮތުން ސިޓީއެއްވެސް ފޮނުވާފައި ކަމަށްވެއެވެ. ބަޔެއް ފަރާތްތަކުން ދެކޭ ގޮތުގައި އެޓޮމިކް ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އީރާނަށް ލިބެމުން ދާކަމުގެ މައުލޫމާތު އެމެރިކާއަށް ލިބުމާއެކު، އެމެރިކާއިން ވަނީ އެކަމާމެދު ކަންބޮޑުވެފައެވެ. އެހެންވެ އީރާނާއެކު "ޑީލް" އަކަށް ގޮސް އެކަމުގެ މައުލޫމާތު ހޯދުމުގެ މުހިންމުކަން އެމެރިކާއަށް ވަނީ ބޮޑުވެފައެވެ.

ޓަރަމްޕް ވިދާޅުވީ އީރާނުން އެމެރިކާއާއެކު މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިއީ އީރާނަށްވެސް ރަނގަޅު ޑީލަކަށް ވާނެކަމަށެވެ.

ނަމަވެސް ޓްރަމްޕްގެ ވާހަކަފުޅާމެދު އީރާނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *