ބްރިޖު މަތީގައި ހުރެފައި މީހަކު މޫދަށް ފުންމާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މޫދަށް ފުންމާލީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާ މޫދަށް ފުންމާލުމާއެކު އެވަގުތު ބްރިޖުގެ ޓްރެފިކް ބަލަހައްޓާ ފުލުހުންގެ ދެމީހަކު ވަނީ ފުންމާލައިގެން ގޮސް އެމީހާ ސަލާމަތް ކޮށްފައެވެ. ނަމަވެސް މި ހާދިސާގެ ތަފްސީލު ފުލުހުން އަދި ހާމަ ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެމީހާ މޫދުން ނަގައިގެން ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އޭނާ ފުންމާލި ސަބަބެއް ސާފެއްނުވެއެވެ.
މީގެކުރިންވެސް ބްރިޖުން ބަޔެއް މީހުން ފުންމާލައިގެން ފުލުހުން ވަނީ ސަލާމަތް ކޮށްދީފައެވެ.