ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކުކިން ސޯސްއެއް ރާއްޖެ އަށް އެތެރެކުރުން މަނާކޮށްފި

ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކުކިން ސޯސްއެއް ރާއްޖެ އަށް އެތެރެކުރުން މަނާކޮށްފި

ސިއްހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން ކުކިން ސޯސްއެއް ރާއްޖެ އެތެރެކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މާސް އޮސްޓްރޭލިއާއިން އުފައްދާފައިވާ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް"ގައި ބިސް ހިމެނޭ ކަމަށާއި އެހެން ނަމަވެސް އޭގެ ލޭބަލްގައި "އެލާޖެން"ގެ މައުލޫމާތު ނުހިމެނޭ ކަމަށެވެ.

"އެލާޖެން"ގެ މައުލޫމާތު ނުހިމަނައި އޮތުމުން އެ ސޯސް ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮވެދާނެތީ އެމްއެފްޑީއޭއިން ވަނީ އެ ސޯސް ރާއްޖޭގައި ވިއްކުމާއި އެތެރުކުރުން މަނާކޮށްފަ އެވެ.

އެމްއެފްޑީއޭއިން ބުނީ އެ ސޯސް ރާއްޖެ އެތެރެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކުން ވެސް އެކަން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

"އެލާޖެން"ގެ މައުލޫމާތު ނުހިމަނައި އޮތުމުން އެ ސޯސް ބާޒާރުން ނަގަން ސޯސް އުފައްދާ ކުންފުނިން ވެސް އޮތީ އަންގައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *