ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވައިފިއެވެ.

ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ފަނޑިޔާރު ކަމުން އިސްތިޢުފާ ދެއްވީ ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދާތި އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ސުއޫދު ވިދާޅުވެފައި ވަނީ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު 7 ން 5 އަށް ބަދަލުކޮށް ރައީސް ބޭނުންފުޅު ގޮތަކަށް ސުޕްރީމް ކޯޓުން ގޮތް ނިންމަން ނުފޫޒު ފޯރުވަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސުއޫދު އިސްތިއުފާ ދެއްވިއިރު އެ ކޯޓުގެ އިތުރު ދެ ފަނޑިޔާރުން މިހާރުވެސް ވަނީ ޖޭއެސްސީން ސަސްޕެންޑް ކޮށްފިއެވެ. އެއީ ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *