ލޯންޗު އަޑިއަށް ދިޔުމުން ހުރިހާ މީހުން ލައިފް ޖެކެޓާއެކު ކަނޑުމަތީގައި. ފޮޓޯ: ޕޮލިސް

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

މިއަދު ހެނދުނު އއ. ދިގުރަށުން ފުރައިގެން 48 މީހުންނާއެކު މާލެ ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަޑިއަށް ދިޔަ ލޯންޗުގައި ތިބީ 45 ޕަސިންޖަރުންނާއި ތިން ފަޅުވެރިން ކަމަށެވެ. އޭގެތެރޭގައި ހަތަރު ކުޑަކުއްޖަކުވެސް ލޯންޗުގައި ތިއްބެވެ. މި ލޯންޗު އަޑިއަށް ގޮސްގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 8 ޖަހަން އުޅެނިކޮށެވެ.

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މި ލޯންޗު އޮތް ސަރަހައްދަށް ދިޔައިރު، ލޯންޗުގައި ތިބި އެންމެން ތިބީ ލައިފް ޖެކެޓް އަޅައިގެން ކަނޑު މަތީގައެވެ. މި ޙާދިސާގައި ކަނޑުވި 47 މީހުންވެސް ފުރާނައަށް ގެއްލުމެއް ނުލިބި ވަނީ އަނބުރައި ދިގުރަށަށް ގެންގޮސްފައެވެ.

ލޯންޗު އަޑިއަށް ދާން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *