ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ

ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ރާއްޖޭގެ ހުރިހާ ސްކޫލް ތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފިއެވެ.މި

އަދު ފެށި ބޮޑު ޗުއްޓީ ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. ކުރިއަށް އޮތް ރޯދަ މަސް އެއްކޮށް ސްކޫލްތައް ބަންދު ވާނެއެވެ.

ޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ ދިރާސީ އަހަރު ފެށިއިރު 96،000 ދަރިވަރުންނާ ތިއްބެވެ. އޭގެ ތެރެއިން 40،300 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. 42،700 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.

މި 96،000 ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކޮށްފައިވަނީ މާލޭ ސަރަހައްދުގައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *