މިއަދު ހަވީރު މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް އިންޖީނަށް ދިމާވި މައްސަލައެއްގައި އިމަންޖެންސީގައި ޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގެ އިންޖީނަށް މައްސަލަ ދިމާވީވެސް ފުވައްމުލަކަށް ޖައްސަން އުޅެނިކޮށެވެ. މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ބޯޓު މަތީގައި އުދުހެނިކޮށް އިންޖީނުގައި މައްސަލައެއް އުޅޭކަން ފާހަގަ ވުމުން އިމަޖެންސީގައި ޖެއްސީ ކަމަށެވެ. އަދި ދިމާވި މައްސަލަ ރަނގަޅުކޮށް، ބޯޓު އަލުން އުދުހެން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޯޓު ރަންވޭގައި ޖެއްސުމާއެކު ޓެކްނިކަލް ޓީމު ވަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ. ރަންވޭއަށް ޖެއްސުމާއެކު ބޯޓުގެ އިންޖީނު ވަނީ ނިވާލާފައެވެ. އަދި އެ ހިސާބުން ބޯޓުގައި ތިބި އެންމެން ވަނީ ބޯޓުން ބާލާފައެވެ.