މަސްދަޅު ކިއު. ފޮޓޯ: މިހާރު

މަސްދަޅު ބަހަން ކޯޓާ ނިޒާމެއް، މަސްދަޅު ދޫކުރުން ރޭގަނޑަށް ބަދަލުކޮށްފި

މަސްދަޅު ބަހަން ކޯޓާ ނިޒާމެއް، މަސްދަޅު ދޫކުރުން ރޭގަނޑަށް ބަދަލުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމުގައި ކޯޓާ ނިޒާމެއް ހަމަޖައްސަން ނިންމައި، މަސްދަޅު ދޫކުރާ ސަރަހައްދުތައް އިތުރުކޮށްފިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މަސްދަޅު ކޭސް ބެހުމުގައި ވީ އެންމެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަމުންދާ ކަމަށެވެ. ގިނަބަޔަކު ގޮސް ކިއުގައި ގިނައިރުތަކެއް ވަންދެން މަޑު ކުރަންޖެހުމާއި ކިއުގައި ގޮސް ލައްވާލާއިރު މަސްދަޅު ބަހައި ހުސްވެފައިވާ ކަމުގެ ޝަކުވާތަކާއެކު މިނިސްޓްރީން ބުނީ، މިހާރު މަސައްކަތް ކުރަމުން ދަނީ އޮންލައިން ނިޒާމެއްގެ ތެރެއިން ނަންބަރު ނެގޭނެ ގޮތް ހަމަޖައްސަން ކަމަށެވެ.

އެ ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ނަންބަރު ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން އެ މީހަކަށް މަސްދަޅު ކޭސް ލިބޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެކަމުގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމުން ދުވާލުގެ ވަގުތުގައި މަސްދަޅު ކޭސް ދޫކުރުން ނޯންނާނެ ކަމަށާއި، ދެން ދޫކުރާނީ ހަމައެކަނި ރޭގަނޑު 8.00 އިން 12.00 އަށް ކަމަށެވެ.

މިނިސްޓްރީން މިހާރު ވަނީ މަސްދަޅު ދޫކުރާ މާލެ ސަރަހައްދުގެ މަރުކަޒުތައްވެސް އިތުރު ކޮށްފައެވެ. އެގޮތުން ތިރީގައި އެވަނީ މާލެ ސަރަހައްދުން މިހާރު މަސްދަޅު ކޭސް ދޫކުރާ ތަންތަނެވެ.

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) – 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް – 200 ޓޯކަން
  • ހެންވޭރު ދަނޑު – 100 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 – 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 2 – 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 3 – 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 4 – 50 ޓޯކަން
  • ސޯޝަލް ސެންޓަރު – 100 ޓޯކަން
  • ވިލިމާލެ – ވެމްކޯ ސައިޓް – 100 ޓޯކަން
  • ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިން – 100 ޓޯކަން
  • ހުޅުމާލެ – ޕޮލްކޯ ޓަވަރު (ސީ ބްލޮކް) – 100 ޓޯކަން
  • ހުޅުމާލެ – ހިޔާ ޓަވަރު 10 – 100 ޓޯކަން
  • ހުޅުމާލެ – ކާމިލްދީދީ ޕްރީ ސްކޫލު – 100 ޓޯކަން
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *