ކުރިޔަށް އޮތް ރަމަޝާން މަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 ން ފެށިގެން މެންދުރުފަހު 1 ޖަހަންދެން ކަމުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރޯދަމަހެކޭ އެއްގޮތަށް ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުވެސް ރަސްމީ ގަޑިއަކީ އެއީ ކަމަށެވެ. އަދި ރަމަޞާން މަހުގެ ފަހު ދިހަޔެއް ސިވިލް ސާވަންޓުންނަށް ބަންދުވާނެ ކަމަށެވެ.
އާންމުގޮތެއްގައި ރޯދަ މަހުގެ ރަސްމީ ގަޑީގެ ގޮތުގައި ކުރިން އޮންނަނީ ހެނދުނު 10 ން މެންދުރުފަހު 2 ޖަހަންދެކަށެވެ.