އުމްރާވެރިންނަށް ރޯދަމަހު އިތުރު 1500 ޑޮލަރު ނެގޭގޮތަށް ހަމަޖައްސައިފި

އުމްރާވެރިންނަށް ރޯދަމަހު އިތުރު 1500 ޑޮލަރު ނެގޭގޮތަށް ހަމަޖައްސައިފި

އަންނަ ރަމަޞާން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިންދާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވެސްގެ ޑެބިޓް ކާށަށް އިތުރަށް 1500 ޑޮލަރު ނެގޭގޮތަށް ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން މިކަމާބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ ޑެބިޓް ކާޑަށް މި 1500 ޑޮލަރު ލިމިޓް ކުރެވޭނީ ހަމައެކަނި ސައުދީއަރަބިއްޔާގައި ހުންނައިރު ކަމަށެވެ. އަދި ކޮންމެ އުމްރާވެރިއަކަށްވެސް ދޫކުރާނީ އެންމެ ކާޑެއް ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ އެ ކަންކަން ބޭންކާއި ގުޅިގެން ކުރިޔަށް ގެންދަންވީ ގޮތުގެ ތަފްސީލުތައް އުމްރާގެ އަޅުކަމަށް މީހުން ގެންދާ ގްރޫޕްތައް މެދުވެރިކޮށް ބޭންކުން ހަމަޖައްސަމުން ގެންދާނެ ކަމަށެވެ.

މީގެއިތުރުން، ގްރޫޕެއްގައި ނުހިމެނި އުމްރާއަށް އަމިއްލަ ގޮތުން ދާ ފަރާތްތައްވެސް ސައުދީއަރަބިއްޔާއަށް ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ އިތުރަށް ލިމިޓް ކުރި 1500 ޑޮލަރާއެކު ކުރިންވެސް ދޫކުރަމުން އައި 250 ޑޮލަރުގެ ލިމިޓްވެސް ލިބޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *