ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން، ކުރިއަށް އޮތް ރަމަޞާން މަހަށް ޚާއްސަކޮށްގެން އިންޑިޔާއިން ރާއްޖެ ގެނެސްފައިވާ ކާއްޓާއި ލުނބޯ ، މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ މިފަހަރުވެސް ކުރީ އަހަރުތަކެކޭ އެއްފަދައިން ރޯދައަށް ބޭނުންވާ އަސާސީ ކާނާގެ ބާވަތްތައް ކުރީ ފަހަރުތަކުގެ ތަޖުރިބާއާއެކު ގެނެސްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ބާޒާރުގައި ތަކެތީގެ އަގު ހުންނަ ގޮތަށް ބަލައި މިފަހަރުވެސް އަގުތައް ކަނޑައަޅާނީ ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް އާންމުންނަށް ފަސޭހައިން ލިބޭނެ އަގެއްގައި ކަމަށެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނިން ކާއްޓެއް ވިއްކަން ނިންމާފައި ވަނީ 5 ރުފިޔާއަށް ކަމަށެވެ. މިވަގުތު ބާޒާރުގައި ކާއްޓެއްގެ އަގުވެސް އުޅެނީ 10 ރުފިޔާއިން ގޮސް 25 ރުފިޔާއާ ދެމެދުގެ އަގު ތަކެއްގައެވެ.
ކާށީގެ އިތުރުންވެސް އެސްޓީއޯއިން ވަނީ ރޯދައަށް ދިމާކޮށް ވަރަށްގިނަ ބާވަތްތައް ރާއްޖެ ގެނެސްފައެވެ. އޭގެތެރޭގައި ހިމެނެނީ، ފިޔާ، ބިސް އަލުވި، ކާށި، ކަދުރު، ތާޒާ ތަރުކާރީ އަދި މޭވާ/ ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ، ޕްރޮސެސްޑް ކާނާ/ ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކެޓް ބީންސް، ގެރިކިރު ދަޅު އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި/ ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫވެސް ހިމެނެއެވެ.