ނައިފަރުގައި މިއަދު ކުރިޔަށްދިޔަ މާހެފުމުގައި ބައިވެރިވި ބަޔެއް މީހުންނާއެކު ޝާހިދު. ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ނައިފަރު ދާއިރާއިން ބޭއްވި މާހެފުމެއްގައި ޕާޓީގެ ރައީސް ބައިވެރިވެއްޖެ

އެމްޑީޕީ ނައިފަރު ދާއިރާއިން ބޭއްވި މާހެފުމެއްގައި ޕާޓީގެ ރައީސް ބައިވެރިވެއްޖެ

އެމްޑީޕީ ނައިފަރު ދާއިރާއިން އިސްނަގައިގެން އެރަށުގެ ރައްޔިތުންނަށް ބޭއްވި މާހެފުމުގައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހަވީރު ނައިފަރު އެމްޑީޕީ ހަރުގޭގައި ބޭއްވި މާހެފުމުގައި، ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަހްމަދު އަބްދުﷲ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދުއާއި، ޕާޓީޣެ ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުންގެ ބައިވެރިވިއެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ރަށުގެ ރައްޔިތުންނަށް ދައުވަތު ދީގެން މާހެފުން ބޭއްވުމަކީ އެމްޑީޕީ ނައިފަރު ދާއިރާއިން ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. މި އަހަރުގެ މާހެފުމަށް ދައުވަތު ދެއްވީތީ، ޝާހިދު ވަނީ ނައިފަރު ދާއިރާގެ ރައީސް ޢަބްދުﷲ ރަޝީދު އަށް ޝުކުރު އަދާކުރައްވާފައެވެ.

މާހެފުމުގެ ކުރިން، ނައިފަރަށް ވަޑައިގަތް އެމްޑީޕީގެ ޓީމުން ވަނީ އެރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް، ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި ޝާހިދު ވަނީ އެމްޑީޕީ ނައިފަރު ދާއިރާގެ ހިންގާ ކޮމިޓީއާވެސް ހަވީރު ބައްދަލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *