މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން 48 ދޯންޏަކަށް 7 މިލިއަން ރުފިޔާ މިއަދު ޖަމާކޮށް ދީފައިވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުދަ ދުވަހު، މަސްވެރިން ކިރާފައިވާ މަހަށް 7.65 މިލިއަން ރުފިޔާ މިއަދު ކޮށްފައިވާނެ ކަމަށެވެ. ފައިސާ އެ ދޯނިތަކުގެ އެކައުންޓަށް ޖަމާކުރި ގަޑިވެސް ލިޔެފައިވެއެވެ. އެއީ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދުގައި ކަމަށްވެސް ބުނެފައިވެއެވެ.
މިފްކޯއިން ބުނީ، އެ ފަރާތްތަކަށް ބާކީ ދޭންހުރި ފައިސާވެސް ބޭންކް އެންމެ އަވަހަށް ހުޅުވާ ދުވަހު ހަވީރު 4:30 ގެ ކުރިން ޖަމާކޮށްދޭނެ ކަމަށެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި ހުސްވި ހަފްތާގެ ހޯމަ ދުވަހުވެސް 29 ދޯންޏަކަށް 4.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވާނެއެވެ.