ފެނަކައިން ހިންގާ ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯގެ ދަށަށް ބަދަލު ކުރަނީ

ފެނަކައިން ހިންގާ ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯގެ ދަށަށް ބަދަލު ކުރަނީ

ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޙާޒިރުކޮށް، ސުވާލު ކުރުމުގެ ނަންބަރުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެ ހުރިހާ އައިސްޕްލާންޓްތަކެއް މިމަހުގެ ފަނަރައިގެ ކުރިން މިފްކޯގެ ދަށަށް ބަދަލުކޮށް ނިންމާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އައިސްޕްލާންޓްތައް ހިންގުމުގެ ގާބިލުކަން ފެނައިގައި ނެތް ކަމަށެވެ. އައިސްޕްލާންޓްތަކުގައި މައްސަލަތައް ދިމާވީވެސް އެހެންވެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ހަވާލުވިއިރު ބަޔެއް އައިސްޕްލާންޓްތައް މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގިނަ އައިސްޕްލާންޓްތައް މިހާރު އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށާއި، ފެނައިން ދެން އައިސްޕްލާންޓްތަކުގެ މަސައްކަތް ނުކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *