ހުޅުމާލޭގައި، ކޯރާޑީއަކުން ހަމަލާ ދިނުމަށްފަހު ފިލަން ދިޔަ ބަޔަކު ހައިވޭ މަތިން ފުލުހުން އަތުލައިގެންފިއެވެ.
ކޯރާޑީން ހަމަލާދިނީ ރެހެންދި ސްކޫލް ކައިރީ އޮންނަ ޓާފް ދަނޑު ކައިރިންނެވެ. ޒަޚަމްވި މީހާ ހުރީ ޓާފް ދަނޑު ކައިރީގައި މަޑުކޮށްލައިގެންނެވެ. މިހާދިސާ ހިނގީ ރޭ 11:30 ހާއިރުއެވެ. ސައިކަލެއްގައި އައި ބަޔަކު އައިސް އޭނާއަށް ހަމަލާ ދިނުމަށްފަހު އެ މީހުން ފިލަން ދުއްވީ މާލެއަށެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން މާލެ ދިޔުމުގެ ކުރިން ހައިވޭ މަތިން ހުއްޓުވައި ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ ހަމަލާދިން ކަމަށް ތުހުމަތުކޮށް ހައިވޭ އަމިން އަތުލައިގެން، ހައްޔަރު ކުރީ، ގދ. ފިޔޯރީއަށް ނިސްބަތްވާ 25 އަހަރުގެ ރުސްތުމް އިބްރާހިމާއި ބ. ގޮއިދޫއަށް ނިސްބަތްވާ، 19 އަހަރުގެ ސައިފުﷲ ފައިސަލް ކަމަށެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ޒަޚަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.