ޑީއާރުޕީ އުވާލާފައި އޮތުމުން 4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ- ކޯޓު

ޑީއާރުޕީ އުވާލާފައި އޮތުމުން 4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ- ކޯޓު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލިއިރު، އެ ޕާޓީގެ ދަރަނީގެ ގޮތުގައި އޮތް 4 މިލިއަން ރުފިޔާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް، ޑީއާރުޕީން ދައްކަން އޮތް 4 މިލިއަން ރުފިޔާ ނުދައްކައި އޮވެގެން އޭނާ ކޯޓަށް އެ މައްސަލަ ހުށަހެޅުމުންނެވެ.

2008 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އާމިރު އެ ޕާޓީއަށް ފޯރުކޮށްދިން ޚިދުމަތްތަކަކަށް ދައްކަންޖެހޭ 19 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ސިވިލްކޯޓުން ކުރިން ހުކުމް ކުރިއެވެ. ނަމަވެސް  އެ މައްސަލަ ޑީއާރުޕީން އޭރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގައި ހައިކޯޓުން ނިންމީ ޑީއާރުޕީން އާމިރަށް ދައްކަންޖެހެނީ 4 މިލިއަން ރުފިޔާ ކަމަށެވެ. 19 މިލިއަން ދައްކަންނުޖެހޭނެ ކަމަށެވެ. ހައިކޯޓުގެ ހުކުމް މިގޮތަށް އޮއްވައި، އަދި ފައިސާ ނުދައްކައި އޮއްވައި، އިލެކްޝަންސް ކޮމިޝަނުން 2022 ވަނަ އަހަރު ވަނީ ޑީއާރުޕީ އުވާލާފައެވެ.

ނަމަވެސް އާމިރަށް އެ 4 މިލިއަން ރުފިޔާ ނުދައްކާތީ އޭނާ އެ ފައިސާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ކުރި ހުކުމުގައި ބުނީ އެ ޕާޓީގެ ނަމުގައި އެއްވެސް ފައިސާއެއް އަދި މުދަލެއްވެސް މިހާރު ނެތް ކަމަށެވެ. އަދި ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީތައް އުވާލުމަށް ފަހު، ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުރި ފަރާތް ކަމަށް ވިޔަސް، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގެ ތެރެއިން އެހެން ފަރާތެއް ދަރަންޏަށް ޒިންމާ ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  އެހެންވެ، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެޅޭނެ އިތުރު ފިޔަވަޅެއް ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *