ޖަނަވަރީ މަގު، ވެލިގާ ހާޑްވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލީ، ރާބޮއިގެން ކަމަށް، އެ މައްސަލާގައި ހައްޔަރުކުރި މީހާ ބުނެފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި ބަންދުގެ އަޑުއެހުމުގައި، ފުލުހުން ވަނީ އޭނާ އެ ސަރައްދުގައި އުޅޭތަން ފެންނަ ސީސީޓީވީ ސްނެޕްޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓް ހުށަހަޅައިފައެވެ.
އަޑުއެހުމުގައި ކުށަށް އިއުތިރާފްވެ އޭނާ ބުނެފައި ވަނީ، އެއީ ބަނގުރާ ބޮއިގެން ހުރެ ކުރެވުނު ކަމެއް ކަމަށެވެ. ފުލުހުން ބުނެފައި ވަނީ އޭނާ ގެއްލުންދިން ސައިކަލަކީ، އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތުގެ ކުރީގެ ފިރިމީހާގެ ސައިކަލެއް ކަމަށެވެ. އަދި އޭނާއަކީ ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކި އެކި ކުށްތަކާއި ގުޅިގެން ހައްޔަރު ކުރުމާއި ބަންދު ކުރުުގެ ރެކޯޑް އޮތް މި މީހާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަަމަށްޓަކައި 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.