ސިނގިރޭޓްގެ މައްސަލަ: ވޯޓުލާ އުމުރު 21 އަހަރަށް ބަދަލު ކުރަން ޒުވާނުން "ވަކަރަށް ޖެހުން"

ސިނގިރޭޓްގެ މައްސަލަ: ވޯޓުލާ އުމުރު 21 އަހަރަށް ބަދަލު ކުރަން ޒުވާނުން "ވަކަރަށް ޖެހުން"

ސަރުކާރުން ދާދިފަހުން ދުންފަތާބެހޭ ގޮތުން ގެނައި ބަދަލު ތަކަކީ، އިންތިޚާބު ތަކުގައި ވޯޓުލާ އުމުރު 21 އަހަރުން މައްޗަށް ބަދަލުކުރުމުގެ ވިސްނުމުގެ ތެރެއިން 18 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުން ވަކަރަށް ޖެހުމަށް ކުރި ކަމެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ، 18 އަހަރު ފުރިފައިވާ ކޮންމެ ޒުވާނަކަށް ވޯޓުލެވޭނެ ގޮތް ހެދުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާރު ރާވަމުންދާ ރޭވުމަކީ ވޯޓުލެވޭ އުމުރުފުރާއަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުން މަތި ކަމަށް ހެދުން ކަމަށެވެ.

‏"ކުރައްވަން މި އުޅުއްވާ ކަމަކީ  18 އަހަރު ފުރި 21 އަހަރު ނުފުރޭ ޒުވާނުން ބަސް ބުނަނީ ކިހާ ވަރަކަށްތޯ ބެއްލެވުން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޒުވާނުން ބަސްބުނަނީ ކިހާވަރަކަށްތޯ ސަރުކާރުން ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ މިވަގުތު ސަރުކާރަށް އޮތުމުން މަޖިލިސް ތެރެއިން ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ވޯޓުލާ އުމުރު 21 އަހަރުން މަތި ކަމުގައި ހަދަން ސަރުކާރުން ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ ކުދިން (ޒުވާނުން) މިކަމުގައި ޗުއްޕުވެސް ނުބުނެ ތިބެއްޖެނަމަ، މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ބޭނުން ކޮށްގެން ދެން އަންނަން އޮތީ، ވޯޓު ލެވޭނީ 21 އަހަރުވުމުން ކަމަށް ޤާނޫނުއަސާސީ ބަދަލު ކުރުން. ސިނގިރޭޓާ ބެހޭ ގޮތުން ކުރައްވާފައި އޮތް ކަމަކީ ވަކަރަށް ޖެހުން." ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *