ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުންދާ ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ކްލިނިކް ރަޖިސްޓްރީކޮށް ދީފިއެވެ.
ސޯޝަލް މީޑިޔާގައި ފަޒީލާ ކުރި ޕޯސްޓެއްގައި ބުނީ ހެލްތު މިނިސްޓްރީން މިހާރު ވަނީ އޭނާގެ ކްލިނިކް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. ރަޖިސްޓްރީކޮށްދިން ނަމަވެސް ޚިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދިވެސް ނުލިބޭތީ ހިޖާމާ ޖެހުމުގެ ހިދުމަތް އަދި ނުލިބޭނެ ކަމަށް ފަޒީލާ ބުންޏެވެ.
ހެލްތު މިނިސްޓްރީން ވަނީ މީގެކުރިން ފަޒީސް ހިޖާމާ ތެރަޕީ ބަންދު ކޮށްފައެވެ. އެތަނުން ހިޖާމާގެ ޚިދުމަތް ދެމުން ދިޔައިރު، ފަޒީލާއަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ އޭނާ އެކަން ކުރަމުން ދަނީ އެކަމާބެހޭ އެއްވެސް ތަމްރީނެއް ހޯދުމެއް ނެތި ކަމަށް ބުނެއެވެ.
ނަމަވެސް އޭނާ ބުނެފައި ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުން އޭނާ ހިޖާމާގެ ފަރުވާއާ ގުޅޭ ތަމްރީންތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ހިޖާމާ ޖެހުމުގެ ހުއްދަ ނުދޭ މައްސަލާގައި ފަޒީލާ އޮތީ ކޯޓަށް މައްސަލަވެސް ހުށަހަޅައިފަ އެވެ.