ކެންގަރޫ ކިޑްސްގެ މައްޗަށް ކޯޓު އަމުރެއް- ޕްރީ ސްކޫލުން ޕްރޮމޯޓުކުރި ކުދިންގެ އަދަދު ހުށަހަޅަން ތިން ދުވަސް

ކެންގަރޫ ކިޑްސްގެ މައްޗަށް ކޯޓު އަމުރެއް- ޕްރީ ސްކޫލުން ޕްރޮމޯޓުކުރި ކުދިންގެ އަދަދު ހުށަހަޅަން ތިން ދުވަސް

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ނާސަރީން ޖޭކޭޖީއަށް އަދި ޖޭކޭޖީ އިން އެސްޖޭއަށް އަދި އެސްޖޭއިން ގްރޭޑް 1 އަށް 2024 ވަނަ އަހަރުގެ ތެރޭގައި ޕްރޮމޯޓް ކޮށްދިން ކުރިންގެ އަދަދުތައް ތިން ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ހުށަހަޅަން އެ ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ އަމިއްލަ ފަރާތެއް ކަމަށްވާ، ހ. ލަކީކޯނާރ ޔުދްރާ އަބްދުއްލަތީފް ގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާގައިވާ މައްސަލަ އަކަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން އޭނާ ސިވިލް ކޯޓުގައި އެދުމާއި ގުޅިގެން އެ ކޯޓުން ނެރުނު އަމުރެކެވެ.

ސިވިލް ކޯޓުގެ ގާޒި މުހައްމަދު އީސާފުޅު ނެރުއްވި މި އަމުރުގައި ވަނީ، އެޑިޔުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ޔުދްރާ ހުށަަހަޅާފައިވާ މައްސަލައާއި ގުޅިގެން، ކޮވިޑް 19 ގެ ބަލިމަޑު ކަމުގައި ސްކޫލް ބަންދު ކުރަން ޖެހުން ފިޔަވައި، އުމުރު ފުރާ ހަމަނުވާ އެއްވެސް ދަރިވަރަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް ޕްރޮކޯޓް ކޮށްދީފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ނަމަވެސް 2024 ވަނަ އަހަރުގެ ދިރާސީ އަހަރު، ސްކޫލް ތަކަށް ކުދިން ވެއްދުމާބެހޭ ގޮތުން މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބަޔާންކުރާ ތާރީޚު ތަކަށް އުމުރު ހަމަނުވާ ބައެއް ކުދިންނަށް އެ މިނިސްޓްރީން  ހުއްދަދީގެން، އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ޕްރޮކޯޓް ކޮށްދީފައިވާ ކަމަށް ޔުދްރާ ވަނީ ކޯޓުގައި ބުނެފައެވެ.

އެކަން ސާބިތު ކުރުމަށް، ޔުދްރާގެ ފަރާތުން، އެ މައުލޫމާތު ހޯދުމަށް، ގެންގަރޫ ކިޑްސްއަށް  ހުށަހެޅި ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެކަން އެ ސްކޫލުން ވަނީ އަންގައިފައެވެ.

އެހެން ކަމުން ޔުދްރާގެ ފަރާތުން، ހާމަ ކުރުމަށް ސްކޫލްގައި އެދިފައިވާ މައުލޫމާތު ތަކަކީ، 2024 ވަނަ އަހރުގެ ދިރާސީ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާގުޅޭ ސާކިއުލާއާއި އެއްގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތް ދެނެގަަތުމަށް މުހިއްމު މައުލޫމާތު ތަކެއް ކަމަަށް ޝަރީއަތަށް ބުރަވެވޭ ކަމަށްވެސް ގާޒީ މުހައްމަދު އީސާފުޅު ނެރުވި އަމުރުގައި ވެއެވެ.

އެހެން ކަމުން 2024 ވަނަ ދިރާސީ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާގުޅޭ ސާކިއުލާގައި ބަޔާންކުރާ ކެޓަގަރީއަށް، އެ ސާކިއުލާގައި ބަޔާންކުރާ ތާރީޚު ތަކަށް އުމުރުފުރާ ހަމަނުވާ ކުދިންގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދައަކާއެކު ޕްރޮކޯޓް ކޮށްދީފައިވާ ކުދިންގެ އަދަދު ތިން ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅުމަށް ކެންގަރޫ ކިޑްސްގެ މައްޗަށް އަންގައި އަމުރު ކުރާކަމަށް އެ އަމުރުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *