މޫދަށް އެރި އުޅެނިކޮށް މީހެއްގެ ކަރަށް ތޮޅިއެއް ހެރި ޒަޚަމް ވެއްޖެއެވެ.
ކަރަށް ތޮޅި ހެރި އަނިޔާވީ ރ. އަތޮޅު މީދޫ ޒުވާނެކެވެ. އޭނާގެ ކަރަށް ތޮޅި ހެރުނީ އެ އަތޮޅު މަޑުއްވަރީ ދޯންޏަކުން މަހަށް ގޮސް މޫދަށް އެރި އުޅުމުގެ ތެރޭގައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ކަރަށް ތޮޅި ހެރުނީ ރޭގަނޑު ފީނަން ގޮސް އުޅެނިކޮށެވެ.
ތޮޅި ހެރުމުގެ ތެރޭގައި ކަރުގެ މައި ނާރަށްވެސް އެ ޒަޚަމްގެ އަސަރު ވަނީ ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ވާތް ފަޅީގެ ހަރަކާތް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަ ވެފައެވެ.
އާއިލާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ބަލި މީހާ ގޮވައިގެން އިންޑިޔާއަށް ދެވޭތޯއެވެ.