މޫސުން ރަނގަޅުވާން ފަށާނީ ހޯމަ ދުވަހު: މެޓް

މޫސުން ރަނގަޅުވާން ފަށާނީ ހޯމަ ދުވަހު: މެޓް

މިހާރު ކުރަމުން މިއަންނަ ވިއްސާރަ އަލިވާނީ އަންނަ ހޯމަ ދުވަހު ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށެވެ،

މޫސުން ރަނގަޅުވެ ވައި މަޑުވެ އަލިވާނީ އަންނަ ހޯމަ ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓު އޮފީހުން މެދު ރާއްޖެތެރެއަށް މިއަދު 15:00އިން 19:00އަށް ނެރުނު އޮރެންޖު އެލާޓު މިހާރު ވަނީ މިރޭ 23:00އާ ހަމައަށް ދިގުދަންމާލާފަ އެވެ.

މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ.

އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މި ދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައެވެ.

އަދި ދިޔަވަަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *