ބޯކަށް ވާރޭވެހި މޫސުން މިހާރަށްވުރެ ގޯސްވާނެތީ އޮރެންޖު އެލާޓުގެ ވަގުތު ދަންމާލައިފި

ބޯކަށް ވާރޭވެހި މޫސުން މިހާރަށްވުރެ ގޯސްވާނެތީ އޮރެންޖު އެލާޓުގެ ވަގުތު ދަންމާލައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖް އެލާޓް ދަންމާލައިފި އެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެ އެލާޓް ނެރެފައި ވަނީ މެންދުރުފަހު ތިނަކުން މިރޭ ހަތަކަށެވެ.

އެލާޓުގެ ވަގުތު ހަމަވުމާ ގާތްވެފައިވަނިކޮށް އެ އިދާރާއިން ވަނީ ވަގުތު އިތުރަށް ދަންމާލާފަ އެވެ. މިރޭގެ އެގާރަ ޖެހުމާ ހަމައަށް އެ ސަރަހައްދަށް މެޓް އޮފީހުން އެލާޓް ނެރުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ.

އޭގެ އިތުރުން ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ. މެޓުން ބުނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށް ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއި އުދައެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.

އެ ރަށްތަކުގެ އިތުރުން އިތުރު ރަށްތަކުގައި ވެސް ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުން

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *