މޫސް ވަރަށް ގޯސް، ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ

މޫސް ވަރަށް ގޯސް، ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ކަނޑު ދަތުރުކުރާއިރު، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމަށް އެދޭ ކަމަށެވެ.

އަދި އުޅަނދަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުން ނޭރުވުމަށާއި އުޅަނދަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ބަރު ނުކުރަން ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވިދާޅުވީ މެޓުން ގަޑިއަކު 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަަށް ވައި ވެސް ބާރުވާނެ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭ 18:30 އާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *