ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ދިއްފުއްޓަށް ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ވަނީ މިދިޔަ 24 ގަޑިއިރު އެންމެ ގިނަައިން ވާރޭވެހުން ރަށްތައް އާންމުކޮށްފަ އެވެ. މެޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ދިއްފުއްޓަށް ފާއިތުވި 24 ގަޑިއިރު 118.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ކ. ގާފަރަށެވެ. އެއީ 42.6 މިލިމީޓަރުގެ ވާރޭ އެެވެ.
ތިންވަނައަށް އެންމެ ގިނައިން ހުޅުލެއަށް ވާރެ ވެހިފައިވާއިރު، ހަތަރު ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވަނީ މާލެށެވެ. އެއީ 25.6 މިލިމީޓަރުގެ ވާރޭ އެވެ.
ފާއިތުވި 24 ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް:
ކ. ދިއްފުށި – 118.5 މިލިމީޓަރުގެ ވާރޭ
ކ. ގާފަރު – 42.6 މިލިމީޓަރުގެ ވާރޭ
ހުޅުލެ – 28.7 މިލިމީޓަރުގެ ވާރޭ
މާލެ – 25.6 މިލިމީޓަރުގެ ވާރޭ
އއ. ތޮއްޑޫ – 23.1 މިލިމީޓަރުގެ ވާރޭ
ބ. ދަރަވަންދޫ – 22.5 މިލިމީޓަރުގެ ވާރޭ
އދ. މާމިގިލި – 21.5 މިލިމީޓަރުގެ ވާރޭ
ބ. ގޮއިދޫ – 21.4 މިލިމީޓަރުގެ ވާރޭ