ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރަކު ވެރިކަންކުރާ ޕީއެންސީއާ ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޝްވަތު ދެއްވައިގެން ކަމަށް ވޮޝިންޓަންޕޯސްޓުން ބުނެފި އެވެ.
ވޮޝިންޓަން ޕޯސްޓްއިން މިއަދު ޝާއިއުކުރި ލިޔުމެއްގައި ބުނީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ގޮތާ ގުޅޭ ގޮތުން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ތައްޔާރުކުރި ލިޔުމެއް އެ ނޫހަށް ލިބިފައިވާ ކަމަށެެވެ،
ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ދުވަސްވަރު އިންޑިއާއާއި ރާއްޖޭގެ ގުޅުން އޮތީ ވަރަށް ގޯސްކޮށެވެ. އަދި އެމެނިކުފާނު ނުސީދާކޮށް ވެސް އިންޑިއާއާ ދެކޮޅަށް ބަހުގެ ހަމަލާތަކެއް ދެއްވި އިރު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމަށް އޮތީ ވިދާޅުވެފަ އެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވާ ގޮތުން އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ ގެ އެެޖެންޓުން މިދިޔަ ޖެނުއަރީ މަހު ދިޔައީ ރައީސް މުއިއްޒު ވެރިކަމުން ބާލަން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން ނެވެ.
އަދި މަދު ހަފްތާގެ ތެރޭގައި އެކަން ހާސިލުކުރުމަށް ޕްލޭންއެއް އެކުލަވާލި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
އެ ޕްލޭންގައި ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކި ފަރާތްތަކަށް ޖުމްލަ 87 މިލިއަން ރުފިޔާ ރިޝްވަތު ދިނުމަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ މެމްބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ 40 މެމްބަރުންނާއި ސިފައިންގެ 10 މީހަކަށާއި އަދި ވަރުގަދަ ތިން ގޭންގެއް ހިމެނެ އެވެ.
މެންބަރުން ގަނެގެން އަޒުލުުކުރަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް ރައީސްއާ ހަމައަށް ދިޔުމުން އެކަން ހިނގާތައް ބައްލަވަން ނުހުރެ, އޭރު މަޖިލީހުގައި ތިބި 13 މެންބަރުން ގަންނަން ކޮންމެ މެންބަރަކަށް ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރި ކަމަށް ރައީސްގެ ޕާޓީގެ ބަޔަކާ ހަވާލާދީ ޥޮޝިންޓަންޕޯސްޓުން ވަނީ ބުނެފައެވެ
އަދި ޖެހިގެން އައި މަޖިލިސް އިންތިހާބު ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ އެކީ އެމްޑީޕީއާ ދުރުވެ, އިންޑިއާއިން އަވަސް ވެގަތީ ގުޅުން ބަދަހިކުރަން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.






