ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ތަންތަން އިތުރުކުރެވޭ ގޮތަށް އާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ ގަވައިދު ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ތަންތަން އިތުރުވެ ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ތަންތަންވެސް ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ގަވައިދު އާއްމުކުރާ ހިސާބުން ގާނޫނު ތަންފީޒުކުރާ އިދާރާތަަކަށް ވެސް އެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން މިހާރު ވެސް ކަނޑައަޅައި އެކަން އެންގުމަށް ނޯޓިސް ވެސް ތަންތަނުގައި ހަރުކޮށްފައި ހުރެ އެވެ.
އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދުގައި އޮތަސް އެކަން ތަންފީޒުކުރަނީ ވަރަށް މަދުންނެވެ.