ގެއްލުނު މީހާ ހޯދަން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

ގެއްލުނު މީހާ ހޯދަން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

އައްޑޫން މާލެ ފުރައިގެން ދަތުރު ކުރި ދޯންޏަކުން ރޭ ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރި ސީމެކްސް ބޯޓުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރު ކަމަށެވެ. ފުލުހުން ބުނީ އެ ބޯޓު އައްޑޫ ސިޓީން ރޭ 11:30 ހާއިރު ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށެވެ. އަދި ރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ގެއްލުނު މީހާ ހޯދަން ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބަލައިފައިވާ ކަމަށެވެ. ނަމަވެސް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ކުރިން ބުނީ، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫއާ ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ކަމަށެވެ.

އަދި އޭރު ބޯޓު އޮތީ ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *