ޕީއެސްއެމްގެ އެމްޑީގެ މަގާމުން ސައީދު އިސްތިއުފާ ދެއްވައިފި

ޕީއެސްއެމްގެ އެމްޑީގެ މަގާމުން ސައީދު އިސްތިއުފާ ދެއްވައިފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފި އެވެ.

ސައީދު އިސްތިއުފާދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުވެސް ފުރުއްވި ސައީދު ޕީއެސްއެމްގެ އެމްޑީއަކަަށް ހަމަޖެއްސީ އޮގަސްޓު މަހު އެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.

މި ސަރުކާރުގެ ވެރިކަމުގައި އައްޔަނުކުރި ފުރަތަމަ ޕީއެސްއެމްގެ އެމްޑީ، ޒީނާ އިސްތިއުފާ ދެއްވި ސަބަބު މިހާތަނަށްވެސް ސާފެއް ނުވެއެވެ.

ފަަހަކަށް އައިސް ޕީއެސްއެމް އޮތީ ބޮޑެތި މައްސަލަ ތަކެއްގެ ތެރޭގައެވެ. އެގޮތުން ޕީއެސްއެމުން ބޭއަދަބީ މަންޒަރު ތަކެއް ދައްކާފައިވާ މައްސަލައެއް ބަލަމުން އަންނައިރު ލައިވް ކުރި ޖަލްސާއެއްގައި ގުރުއާނުގެ ބައެއް އުނިކޮށް ދެއްކިފައިވާތީ އެ ކުންފުނިން ވަނީ އަންގާރަ ދުވަހު މާފަށް އެދިފަ އެވެ.

ގުރުއާނުގެ އާޔަތުގެ މައްސަލައިގައި ޕީއެސްްއެމްގެ އެމްޑީގެ އިސްތިއުފާއަށް ވެސް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރަކު ގޮވާލައިފައި ވެއެވެ.

ޕީއެސްއެމް ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލައެއް އޭސީސީން މިދިޔަ ޖުލައި މަހު އޮތީ ބަލަން ފަށައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *