މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެހުނު ބޯ ވާރޭގެ ސަބަބުން ނ. ހެނބަދޫގެ 75 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭ އިން ބުނީ، ފެން ވަތް 75 ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ވެހުނު ބޯ ވާރޭގައި ހެބަނދޫގެ ބަޔެއް ގެތަކުގައި ދެފޫޓަށް ފެންގަނޑު ވަނީ ބޮޑު ވެފައެވެ. އެއާއެކު ގޭގައި ގެންގުޅޭ އަގު ބޮޑު ގިނަ މުދާތަކަކަށް ވަނީ ގެއްލުން ވެފައެވެ.
އެރަށުގެ ގެތަކަށް ފެން ވަނުމުގެ ސަބަބުން އެމްއެންޑީއެފުންވެސް ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.