އާ އަހަރާ ގުޅިގެން ޖެނުއަރީ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އާ އަހަރާ ގުޅިގެން ޖެނުއަރީ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އަންނަ ޖެނުއަރީ ދޭއްވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގަ އެވެ.

އެގޮތަށް ހަމަޖެއްސެވީ، މީލާދީ އާ އަހަރު ޖެނުއަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާ ޖެނުއަރީ އެއް ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާކަށްވާތީ އެވެ.

އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ ޖެނުއަރީ ދޭއްވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުއައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައި ދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *