އެމްޑީޕީ ޖަލްސާގައި ލަވަކީ ދުވާފަރު ކައުންސިލަރު ފުލުހަށް ހާޒިރު ކުރަނީ

އެމްޑީޕީ ޖަލްސާގައި ލަވަކީ ދުވާފަރު ކައުންސިލަރު ފުލުހަށް ހާޒިރު ކުރަނީ

"ޤާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕޯޑިއަމްގައި ލަވައެއް ކިޔައިގެން މަޝްހޫރުކަން ހޯދާފައިވާ ރ. ދުވާފަރު ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މީޑިޔާގައި ޔަޝްފާ ބުނެފައި ވަނީ އޭނާއަށް އެންމެ ފުރަތަމަ ގުޅީ ދުވާފަރު ޕޮލިސް ސްޓޭޝަނުން ކަމަށެވެ. އޭނާ ބުނީ ދުވާފަރު ޕޮލިހުން ގުޅާފައި ވިދާޅުވީ ތުހުމަތު ކުރެވޭ ކަމެއްގައި ސުވާލު ކުރުމަށް ހާޒިރު ވުމަށެވެ. ނަމަވެސް ކުރަނީ ކޮން ތުހުމަތެއްކަން ވިދާޅުނުވާ ކަމަށް ޔަޝްފާ ބުންޏެވެ.

ޔަޝްފާ ބުނީ ފަހުން ގުޅީ މާލޭގައި ހުންނަ ފުލުހުންގެ އިދާރާއިން ކަމަށެވެ. މާލޭގައި ހުންނަ ފުލުހުންގެ އިދާރާއިން ގުޅާފައި، ޔަޝްފާ ފުލުހަށް ހާޒިރު ކުރަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ދެއްކި ވާހަކައަކާއި ގުޅިގެން ސުވާލު ކުރަން ކަމަށް ފުލުހުން ވިދާޅުވި ކަމަށް ޔަޝްފާ ބުންޏެވެ. އެ ޖަލްސާގައި ޔަޝްފާ ވަނީ ބަންޖަކާއި ރައިވަރެއް ކިޔާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *