ވިސާނެތި ވޭމަންޑޫގައި ދިރިއުޅެމުންދާ ފްރާންސްގެ އާއިލާއެއް ރާއްޖެއިން ފޮނުވާލަނީ

ވިސާނެތި ވޭމަންޑޫގައި ދިރިއުޅެމުންދާ ފްރާންސްގެ އާއިލާއެއް ރާއްޖެއިން ފޮނުވާލަނީ

ވިސާއެއް ނެތި ރާއްޖޭގައި 12 އަހަރުވަންދެން އުޅޭ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު އެކްސްގައި ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި ފްރާންސްއަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި އުޅޭކަމުގެ މައުލޫމާތު މިދިޔަ ޖުލައި މަހު ލިބުނު ކަމަށެވެ.

އަދި އެ މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު އެ އާއިލާގެ އިސް ފަރާތް އިމިގްރޭޝަންއަށް މިދިޔަ އޮކްޓޫބަރު މަހު ހާޒިރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ އެ ފަރާތްތަކުގެ ޕާސްޕޯޓް އޮތީ މުއްދަތު ހަމަވެފައި ކަމަށެވެ.

އެހެންވެ އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ؛

"މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ. އިމިގްރޭޝަން ޤާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ." ޝަމްއާން ވިދާޅުވި އެވެ.

އެ އާއިލާ ދިރިއުޅެމުން ދަނީ ތ،. ވޭމަންޑޫގަ އެވެ. އަދި އާއިލާގެ އެންމެ އިސްކޮށް އުޅޭ މީހާ ކުރަނީ މަސްވެރިކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *