އަލިފާނުގެ ހާދިސާ ނިއްވާލުމުގައި އިސްކަން ދިނީ މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރަން: ހިލްމީ

އަލިފާނުގެ ހާދިސާ ނިއްވާލުމުގައި އިސްކަން ދިނީ މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރަން: ހިލްމީ

ހައުސިން މިނިސްޓްރީގައި ހިނގި އިމާރާތް ބިމާ ހަމަވި އަލިފާނުގެ ހާދިސާ ނިއްވައިލުމުގެ އެންމެ ބޮޑު އިސްކަމެއް ދިނީ މީހުންގެ ފުރާނަ ސަލާމަތް ކުރަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާއާބެހޭ މައުލޫމާތާއި އެހާދިސާއާ ގުޅިގެން މިހާރު ކަންތައް ހިނގަމުން ދާގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް އާއި ފުލުހުންނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެެއިންގެ ބައްދަލުވުމުގައި ހިލްމީ ވިދާޅުވި، އަލިފާން ނިއްވުމުގައި އެންމެބޮޑު އިސްކަމެއް ދިނީ މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ނުލިބި އަލިފާން ކޮންޓްރޯލް ކުރުމަށް ކަަމަށެވެ.

އެމްއެންޑީއެފަށް އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ އެދުވަހު ހެނދުނު 6:27 ގައި ކަމަށާއި، މިނިޓެއް ތެރޭގައި ފަޔާ ފައިޓަރުން އެސަރަހައްދަށް ގޮސް 6:30 ގައި އަލިފާން ކޮންޓްރޯލް ކުމުގެ މަސައްކަތް ފެށި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދެޓީމަކަށް ބެހި، އެއްބަޔަކު އިމާރާތް ތެރެއަށްވަދެ އަލިފާން ރޯވެފައި ހުރި ތަންތަން ދެނެގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އަލިފާން ގަނޑު ފަޅައިގެންގޮސް ފެތުރެން ފެށުމުން، ރައްކާތެރި ކަަމަށްޓަކައި އެތެރެއަށް ވަތް ފައިޓަރުން ބޭރަށް ނިކުމެ މަސައްކަތް ފެށި ކަމަށްވެސް އޭނާ ވިދާޅވިއެވެ.

އެކަމުގެ ތެރެއިން ދެން މަސައްކަތް ކުރީ، އެ އަލިފާން ފެތުރުނު ނަމަވެސް ކައިރީގައި ހުރި އެއްވެސް އިމާރާތަކަަށް އަލިފާން ފެތުރުނަ ނުދިނުމަށް ކަމަށާއި، ބޭރު ތެެރެއަށް ނުކުމެ މަގު ހުރަސްކޮށް އެއްވެސް އިމާރާތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް ކަމަށްވެސް ވިދާލުވިއެވެ.

އެގޮތުގެ މަތިން ކުރެވުނު މަސައްކަތުން އަލިފާން އިތުރަށް ފެތުރެން ފުރުސަތު ނުދީ މެންދުރު 12:45 ގައި އަލިފާން ކޮންމެސް ވަރަކަށް ކޮންޓްރޯލް ކުރެވި ހަވީރު ވީއިރު އެއްކޮށް ކޮންޓްރޯލް ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *