ޓޫރިޒަމް ތަރައްގީކުރަން އުފެއްދި އެމްޓީޑީސީ މަރުވެފައިވާ ކުންފުންޏެކޭ އެއްފަދަ: އޮޑިޓް ރިޕޯޓު

ޓޫރިޒަމް ތަރައްގީކުރަން އުފެއްދި އެމްޓީޑީސީ މަރުވެފައިވާ ކުންފުންޏެކޭ އެއްފަދަ: އޮޑިޓް ރިޕޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު މެދުފަންތީގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަށް އުފެއްދި އެމްޓީޑީސީއަކީ މަރުވެފައިވާ ކުންފުންޏެކޭ އެއްފަދަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އެމްއައިޓީޑީސީ އުފެދުނުފަހުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި އެކަންޏަށްބެލި ނަމަވެސް 137.8 މިލިއަން ރުފިޔާ އެބައޮތެވެ. ކުންފުނީގައި މިވަގުތު ހުރީ އެންމެ 3.1 މިލިއަން ރުފިޔާގެ އެސެޓެވެ. ހަމައެކަނި މި ދެ އަދަދަށް ބަލާލިނަމަވެސް އެމްއައިޓީޑީސީގެ ހާލަތުއޮތްގޮތް ވަރަށް ސާފެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އެމްއައިޓީޑީސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި އެކުންފުނީގެ ކުރިމަގާ ގުޅޭގޮތުން ބުނެފައިވަނީ، ސަރުކާރުގެ އިތުރު މާލީ އެހީތެރިކަން ނުލިބި، އެކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކިދާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެމްއައިޓީޑީސީން ކުރިއަށްގެންދިއުމަށް މަސައްކަތްކުރި އެއްވެސް ޕްރޮޖެކްޓެއް ނިމުމަކަށް އައިސްފައި ނުވުމާއި އެކުންފުނީގެ ފަށާފައިވާ އެއްވެސް ޕްރޮޖެކްޓަކުން އަވަސް މުސްތަގްބަލެއްގައި އާމްދަނީ ލިބޭނޭކަމަށް ނުފެންނާތީވެ، އެމްއައިޓީޑީސީއަކީ ދެމެެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކުންފުންޏެއްކަމަށް ނުބެލެވޭކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަން:

– ކއަތޮޅުން ފަޅެއް ހިއްކަިއގެން ކުރިއަށްގެންދިއުމަށް ނިންމި ޕްރޮޖެކްޓަށް 3.6 މިލިއަން ރުފިޔާ ހަރަދުކުރުމަށްފަހު އެ ޕްރޮޖެކްޓް ހުއްޓާލާފައިވުން.

– ކާށިދޫ ޓޫރިސްޓް ވިލެޖް މަސައްކަތްކުރުމަށް ކޮންޓްރެކްޓަރަކު ހޯދުމަށް މަސައްކަތް ކުރިއަށްގެންގޮސްފައިވާ ގޮތުގެ  ކިތާބީހެކި ނެތުން

– ކކާށިދޫ މަސައްކަތްތަކަށް 26.7 މިލިއަން ރުފިޔާ އެމްއައިޓީޑީސީން ހަރަދުކުރިނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ނުނިމި ހުއްޓުމަކަށް އައިސްފައި ހުރުން.

– ބަރެސްދޫގައި ގާއިމްކުރުމަށް ކަނޑައެޅި ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައިހުރުން.

– ބަރެސްދޫގައި ގާއިމްކުރުމަށް ކަނޑައެޅި އިމާރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓާލާފައިވާއިރު، އެޑްވާންސް ޕޭމަންޓަށް ކޮންޓްރެކްޓަރަށް ދިން 975،000 ޑޮލަރުން އެއްވެސް ފައިސާއެއް ހޯދާފައިނުވުން. އަދި އެއްބަސްވުމުގައި ބަޔާންކުރާ ޕާފޯމަންސް ސެކިއުރިޓީ އެމްއައިޓީޑީސީން ހޯދާފައިނުވުން ހިމެނެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ ބަސްރެސްދޫ، އަދި ކާށިދޫގައި ހެދުމަށް ނިންމާފައިވާ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ.އަތޮޅެ 10 ފަޅެއް ހިއްކާ ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓް ފާމަށް 52.3 ހަރަދުކޮށްފައިވީނަމަވެސް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައި ނުވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *