ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މަރިޔާ ޕެޓިޝަން ހުށަހަޅުއްވަނީ. ފޮޓޯ: އަދަދު އޮންލައިން

ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ފާސްކުރި ޕެޓިޝަނުގައި ވީހާވެސް ގިނަބަޔަކު ސޮއި ކުރުން އެދެން: މާރިޔާ

ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ފާސްކުރި ޕެޓިޝަނުގައި ވީހާވެސް ގިނަބަޔަކު ސޮއި ކުރުން އެދެން: މާރިޔާ

ދާދިފަހުން ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލުތައް ބާތިލު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ޕެޓިޝަނެއް ފާސްކޮށްފިއެވެ.

ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި "ގާނޫނުއަސާސީގެ ދިފާއުގައި" ޖަލްސާގައި މި ޕެޓިޝަން ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހްމަދު ދީދީއެވެ.

މާރިޔާ ހުށަހެޅުއްވި ޕެޓިޝަން ގައުމީ މަޖިލީހުން ފާސްކުރީ 89 މެމްބަރުންގެ އިތިފާގުންނެވެ. ޕެޓިޝަން ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ، އެ ޕެޓިޝަނުގައި ސޮއި ކުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށް ދާނެކަމަށެވެ. އަދި ޕެޓިޝަނުގައި ވީހާވެސް ގިނަ މީހުން ސޮއި ކުރުމަށް މާރިޔާ އެދިވަޑައިގަތެވެ.

މާރިޔާ ހުށަހެޅުއްވި ޕެޓިޝަނުގައި ވަނީ، ގާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ ރައްޔިތުންގެ ޚިޔާލު ނުހޯދައި، ގާނޫނުއަސާސީއަށް ގެނައި ބަދަލެއް ކަމުން، އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވެ، ރައްޔިތުން ނިންމި ނިންމުން ރޫޅިގެންދާނެ ކަމަށެވެ.

"ރައްޔިތުންގެ ރުހުމެއްނެތި ގާނޫނު އަސާސީއަށް މި ގެނައި ބަދަލު ބާތިލު ކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ނިގުޅިގެން ހިނގައިދާނޭފަދަ ހަމަ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން އައުދާނަކަމާއި ބާރުވެރިކަން ލިބި ތިބި ރައްޔިތުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަންދޫބުންނަށާއި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ދިވެހިރައްޔިތުން މަތިކޮށްފައިވާ ރައްޔިތުންގެ ހާދިމު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަންގައި އަމުރުކުރަން،" ޕެޓިޝަންގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *