ރާއްޖެއިން އިންސާނީ ހައްގުތަކުގެ އުސޫލުތައް ދަމަހައްޓާނެ: ރައީސް

ރާއްޖެއިން އިންސާނީ ހައްގުތަކުގެ އުސޫލުތައް ދަމަހައްޓާނެ: ރައީސް

ދިވެހިރާއްޖެއިން އަބަދުވެސް އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް ނަގަހައްޓައި، ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އިންސާނީ ޙައްޤުތައް ނަގަހައްޓާ، ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައި މިވަނީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަ ކުރަމުން ދާއިރު، އަޅުގަނޑުމެންގެ ޙައްޤުތަކަކީ، ގުޅިލާމެހިފައިވާ ޙައްޤުތަކެއްކަން ހަނދާން ކުރަންޖެހޭނެ ކަމުގައި ރައީސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ކަރާމާތާއި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމް ކުރުން ކަމުގައި ވާހިނދު، އެފަދަ މުޖުތަމަޢެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ތަފާތު، ޚާއްޞަ ކަމެއް ލިބިފައިވާ ޤައުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ވެއްޓަށް ފެތޭ ގޮތަށް ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ޢަދުލުއިންޞާފުގެ ހަމަހަމަކަން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލައި، އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ، ޞުލްޙަވެރި، މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ޤާއިމު ކޮށްދެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް  ރައީސް ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށީ، 10 ޑިސެންބަރު 1948 ގައި، އ.ދ. ޢާންމު މަޖިލީހުގެ ޖަލްސާއިން، އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު ނުވަތަ "ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" (ޔޫ.ޑީ.އެޗް.އާރް) ފާސްކުރުމާ ގުޅިގެންނެވެ. މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިއާރަކީ، "އަޅުގަނޑުމެންގެ ޙައްޤުތައް، އަޅުގަނޑުމެންގެ މުސްތަޤުބަލު، ހަމަ މިހާރު" އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *