ވައުދުވެވަޑައިގެންނެވި ގޮތަށް ރަނުންރަނަށް ޑޮލަރުގެ ދަތިތަން އެއްކޮށް ހައްލުކޮށްދެއްވާނަން: ރައީސް

ވައުދުވެވަޑައިގެންނެވި ގޮތަށް ރަނުންރަނަށް ޑޮލަރުގެ ދަތިތަން އެއްކޮށް ހައްލުކޮށްދެއްވާނަން: ރައީސް

ވައުދުވެވަޑައިގެންފައިވާ ގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އަރި އަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިގްތިސޯދީ މައްސަލައެއްކަމަށެވެ.

އަދި ރާއްޖޭގެ އިގްތިސޯދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ހައްގުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެކަމާ ގުޅޭ ގާނޫނު ތަޢާރަފުކުރުމުގެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމުގެ އުންމީދު ފާޅުކުރައްވައި ރައީސް ވަނީ، އެ ބިލު ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *