ދާންދޫ މަގެއްގެ މަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ދާންދޫ މަގެއްގެ މަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މިއަދު ހެނދުނު ގދ، ދާންދޫ މަގެއްގެ މަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންބުނީ ދާންދޫ  ފެނަކަ ބުރާންޗް ހުޅަނގު ފަރާތު މަގުމައްޗަަށް މީހަކު ވެއްޓިފައި އޮތް ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެސަރަހައްދަށް ދިޔަ ކަަމަށެވެ. އޭރު މަގަށް ވެއްޓިފައި އޮތީ، ދާންދޫ ނަގަހެލަ އަހުމަދު އަބުދުﷲ (33އ) ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފަިއވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *